ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި، ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް ހަދައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ވައިބަރ ކޮމިއުނިޓީތަކާ ގުޅުމަށް އިލްތިމާސްކޮށްފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި ބިންވެރިޔާ ސްކީމްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ވައިބަރ ކޮމިއުނިޓީތަކާ ގުޅިވަޑައިގަންނަވާ!
ބޯހިޔާވަހިކަން އެންމެންނަށް: https://t.co/e4W0uX8ljQ
ބިންވެރިޔާ - ގުޅީފަޅު: https://t.co/hGdH2Qr87P… pic.twitter.com/CRk0qx965w
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 6, 2026
އުފައްދާފައިވާ ކޮމިއުނިޓީތައް
މި މަޝްރޫޢުގެ ދަށުން ޖުމްލަ 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދާފައިވެއެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ 3 ވައިބަރ ކޮމިއުނިޓީއެއް ހިމެނެއެވެ.
އެގޮތުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ޚާއްސަކޮށް "ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ ވަނީ ހަދާފައެވެ.
އަދި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ ޚާއްސަކޮށްފައިވާއިރު، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީގެ ނަމުގައި ވަނީ ގްރޫޕެއް ހަދާފައެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ އާންމު މައުލޫމާތުތައް ހިއްސާކުރުމަށް "ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ ވެސް ވަނީ ގާއިމުކޮށްފައެވެ.



